Advertisement
Advertisement

ފުވައްމުލަކުން މިއަދު 17 މީހުން ފައްސި ވެއްޖެ

މުހައްމަދު ޝަހީދު

ފުވައްމުލަކުގައި މިއަދު 17 މީހުން އިތުރަށް ކޮވިޑަށް ފައްސިވެފައިވެއްޖެއެވެ.

Advertisement

މިހާރު ޖުމްލަ އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 200 މީހުން ތިބިކަމަށް ކައުންސިލްގެ ކޮވިޑަށް ޚާއްސަ ވެބް ޕޯޓަލްއިން ދައްކައެވެ. 17 މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 6 ބިދޭސިންނެވެ. އެއީ ކޮންޓެކްޓް ޓްރޭސިންއިން ނެގުނު 11 ސާމްޕަލްއާއި 6 ރެންޑަމް ސާމްޕަލެވެ. 

އިތުރު ތަފާސް ހިސާބުތަކަށް ބަލާލާއިރު ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 13،733 އެވެ. ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 640 އެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 441 މީހުންނެވެ. 

ފުވައްމުލަކުގައި އެކްޓިވް ކޭސްތަކާއި ގުޅުން ހުރި 129 ގެއެއް ހުރި ކަމަށް ފާހަނގަ ކުރެވެއެވެ. އަދި ވެސް މޮނިޓަރިނގް ގައި 370 ގެ ހުރިއިރު ހޯމް ކަރަންޓީނުގައި 77 ގެއެއް ހުރި ކަމަށް ވެބް ޕޯޓަލްގައިވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު