Advertisement
Advertisement

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ފުވައްމުލަކުން ޕޮޒިޓިވްވީ 6 މީހުން

މުހައްމަދު ޝަހީދު

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދަކީ 6 މީހުން ހޮސްޕިޓަލުން ބުނެފިއެވެ. 

Advertisement

 ހޮސްޕިޓަލުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޚަދީޖާ އަބްދުލް މަޖީދު ވިދާޅުވީ އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 6 ކަމަށާއި އޭއީ ހުސް ކޮންޓެކްޓް ޓްރޭސިންގް އިން ނެގުނު ސާމްޕަލް ތަކުން ލިބުނު ސާމްޕަލް ތަކުން ޕޮޒިޓިވް ވި މީހުންނެވެ. މީގެ ތެރޭގައި 4 ދިވެހިންނާއި 2 ބިދޭސިންނެވެ.

މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 166 އެވެ. އޭގެ ތެރެއިން 113 މީހުންނަކީ ދިވެހިން އަދި 53 އަކީ ބިދޭސިންނެވެ. މި ބަލި ޖެހި އަލަށް ރަންގަޅުވި މީހުންގެ އަދަދަކީ 16 އެވެ. 506 މީހުންވަނީ ފުވައްމުލަކުން ރަނގަޅުވެފައެވެ. މީގެ އިތުރުން ކޮވިޑްގައި އައިސީޔޫގައި އެއް ފަރާތަކަށް ފަރުވާދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ބަލިމީހާގެ ހާލު ރަނގަޅު ކަމަށް އައިޝަތު ވިދާޅުވިއެވެ. 

ވެކްސިން އަޕްޑޭޓަށް ބަލާލާއިރު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފައިވާ މީހުންގެ އަދަދަކީ 5839 ފަރާތަކަށް އަދި ދެވަނަ ޑޯޒް ޖެހިފައިވަނީ 3176 ފަރާތަކަށެވެ.  

މި ހިސާބުތަކަށް ބަލާލާއިރު ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައެވެ. އެގޮތުން މިމަހު 11 ވަނަ ދުވަހު ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 10 އެވެ. އަދަދު މަދުވިޔަސް ކައުންސިލުން ކުރިން ދުވަހު ރަށި ކަބަރޮ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ޑިރެކްޓަރ ނިޖާހު ވިދާޅުވީ ނަމްބަރުތަށް މަދުވިޔަސް ގޮތެއް ނިންމާނީ ބަލަން ޖެހޭ ކަންތަކަށް ބަލާފައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. ނިންމުން ނިންމުމުގައި މުޅިން ބަލަނީ ނަމްބަރަކަށް ނޫން ކަމަށެވެ. ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށް ނިޖާހު ވިދާޅުވިއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު