Advertisement
Advertisement

ފުވައްމުލަކި ކޮވިޑް ހާލަތު ހާމަކޯދޭ ވެބް ޕޯޓަލްއެއް ތަޢާރަފް ކޯލި

މިރެއި ތައާރަފްކެރީ ވެބްސައިޓް މިރެއި ތައާރަފްކެރީ ވެބްސައިޓް

ފުވައްމުލަކި ކޮވިޑްގެ ހާލަތު ދުވަހެން ދުވަހަށަ އަޕްޑޭ ކެރުމުގެ ގޮތެން ޕޯޓަލްއެއް ހަދާ އަދޮ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެ ވެނީ ތަޢާރަފްކޯފޭ.

Advertisement

މި ޕޯޓަލްހާ ވެދެއްނެން ލިންކަކީ "https://covid19.fuvahmulah.gov.mv"

މި ޕޯޓަލް މެދެވެރިކޮހޮ ކޮންމި ދުވަހެކި ކޭސްތެކެއި މައުލޫމާތު ފެނެންނަ ހިށިކަން ފާހަނގަވޭ. މީގެ އިތިރަހަ ކަރަންޓީނު ކޯފޭތިބި ގޭތެކަސް ފެންނެންނަ ހިށޭ. އަދިޔަސް މިވަގުތެ އެކްޓިވް ކޭސްތެއްކާ ގުޅުން ހިށި ގޭގޭއަސް ފެނެންނަ ހިށިކަން ފާހަނގަ ކޯލަންނަ ޖެހޭ. 


އާންމުންގެ އެންމެ ގިނައެން ކެރާ ސުވާލްތެކެއި ސުވާލްއާ އޭގެ ޖަވާބުއަސް މި ވެބްސައިޓް މެދެވެރިކޮހޮ ލިބީގެންއެންނެން.


މިކަލް އީއޯސީ އެމެޖެންސީ ހާލަތި ގުޅަންނެން މުހިއްމު ނަމްބަރޮތެކަސް ފެނެންނަ ހިށި ކަން ފާހަނގަކޯލެވިއޭ.

މި ވެބްސައިޓް ލޯންޗު ކޯދެމުން މޭޔަރ އިސްމާއިލް ރަފީޤް ވިދާޅޮވީ އަހުމަދު އަލީ (އަޖާއިބް)ށަ ވަރަހަ ޚާއްސަ ޝުކުރު ދަންނަވާ ވާހަކަ ބެނަމުން އިތިރަހަ ބެނީ މި ވެބްސައިޓްގެ ސަބަބެން އީއޯސީހާ މީހުން ގުޅާ މިންވަރޮ މަދޮވެގެން އެންނެންކަމަހަ ލަފާވޭ. މީގެ ބޭނުމަކީ ރައްޔިތުން އިތިރި މައުލޫމާތު ލިބީ ހޭލުންތެރިކޯ މީގެ ސަބަބެން ކޮވިޑް ފެތެރޭ މިންވަރޮ ކޮންމިޔަސް މިންވަރަކަހަ ދަށޮވެގެން ގެއުން.

ޑިރެކްޓަރ ނިޖާހް ބެނީ މި ވެބްސައިޓަހަ އިތިކެރަންނަ އެއްތައް ހިށިފަހެނާ އީއޯސީ ނުވަތަ އީމެއިލްހާ ފެނޮވުންމާ ތިމާމެން އިތިރިކޯދެންނެންވާހަކަ ބެނީކަން ފާހަނގަވޭ.

Advertisement
ކިޔުންތެރިންގެ ހިޔާލު