Advertisement
Advertisement

ޕީސީއާރ ޓެސްޓް ކުރާ މެޝިނެއް ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި - ކައުންސިލް

ޑަބްލިއު އެޗްއޯއިން ދިވެހިރާއްޖެއަށް ލިބޭ 3 ޕީސީއާރް މެޝިނުގެ ތެެރެއިން 1 މެޝިން ފުވައްމުލަކަށް ލިބިގެންދާނެ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބިފައި ކަމަށް ކައުންސިލުން ބުނެފިއެވެ. 

Advertisement

ފާއިތުވި 24 ގަޑިއިރުގެ ފުވައްމުލަކު ކޮވިޑް ހާލަތު ގެނެސްދިނުމުގެ ގޮތުުން ފުވައްމުލަކު ސިޓީ ކައުންސިލާއި، އީއޯސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރަށުގެ މިހާރުގެ ހާލަތު ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ގެނެސްދީފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ނަގާފައިވާ ސާމްޕަލްސްގެ ސްޓެޓިސްޓިކްސްއެވެ. 

އެގޮތުން 235 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި 331 ސާމްޕަލް ހިމެނެއެވެ. މީގެ ތެރޭގައި މިއަދު 18:00 އާއި ހަމަޔަށް ނެގިފައިވާ ސާމްޕަލްސް ވެސް ހިމެނިގެންނެވެ. ނަތީޖާ ލިބުނު ސާމްޕަލްގެ އަދަދަކީ 391 ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަލަށް ފެނުނު ކޭސްތަކުގެ އަދަދަކީ 45 ކޭސް، 13 ފަރާތެއް ވަނީ ބަލިން ރަނގަޅުވެފައެވެ. ރެންޑަމް ސާމްޕަލް ނެގުނު ފަރާތްތަކުގެ ތެރެއިން 17 ފަރާތެއް ވަނީ ފައްސިވެފައެވެ. އެކްޓިވްކޮށް މިވަގުތު ތިބި ފަރާތްތަކުގެ އަދަދަކީ 245 އަދި ބިދޭސިންގެ ތެރެއިން ޖުމްލަ 18 ފަރާތެއް މިވަގުތު ވަނީ ފައްސިވެފައެވެ. 

ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން 39 ފައްސި ވިކަމުގައިވިޔަސް މި މީހުންނަކީ މިވަގުތުވެސް އައިސޮލޭޝަނުގައި ތިބި ފަރާތްތަކެއް ކަމަށްވާތީ އެއީ އެހާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން 3 ބިދޭސީއަކު ފައްސިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި މިއަދުގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި އަބްދުﷲ ނާސީރުގެ ވާހަކަފުޅުގައި އިތުރުވާ މިންވަރު މިވަނީ ވަރަށް މައްޗަށް ހިފާފައި ކަމަށާއި ޚާއްސަކޮށް ހޯމް ކަރަންޓީނުގައިވާ ފަރާތްތަކުން ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލްތަކަށް އަމަލްތަށް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.

މިއަދު ހަވީރު 4 ފެށިގެން ހުރިހާ ފިހާރަތަކާއި ގާޑިޔާތަށް ވަނީ ބަންދުކުރަން އަންގާ އަދި އެމްޓީސީސީއިން ކުރަމުން އަންނަ މަގު ހެދުމުގެ މަސައްކަތްތަށްވެސް ހަވީރު 4 ގެ ފަހުން ހުއްޓާލާނެ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.




Advertisement
ކިޔުންތެރިންގެ ހިޔާލު