Advertisement
Advertisement

ބިދޭސިން ލައްވާ މަސައްކަތް ކުރުވުމުގައި ލުއިތަކެއްދޭން ކައުންސިލުން ނިންމައިފި

މުހައްމަދު ޝަހީދު
ޑިރެކްޓަރ މަސީޙް ޑިރެކްޓަރ މަސީޙް

ބިދޭސިން ލައްވާ މަސައްކަތް ކުރުވުމުގައި ލުއިތަކެއްދޭން ކައުންސިލުން ނިންމައިފިއެވެ. 

Advertisement

މިހެންދޭ ލުއިތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފުމަށްވެސް ކައުންސިލްގެ ޑިރެކްޓަރ މަސީހު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ މުހިންމު ބޭނުންތަކަށް ހުއްދައަށް އެދޭ ފަރާތްތަކަށް ދޫކުރާނެއެވެ. އޭގެ ތެރޭގައި އެއްވެސް ވަރަކަށް ގޭގެއަށްގޮސް މަސައްކަތް ކުރުވުމެއް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށްވެސް މަސީހު ވިދާޅުވިއެވެ. ކުރިންވެސް ޢިއުލާން ކުރިގޮތަށް މީހުން ދިރިއުޅޭގޭގެއަށްގޮސް މަސައްކަތް ކުރުން މަނާވާނެ ކަމަށާއި އެހެން ނަމަވެސް ވަކި ވަކިން ތިބި ކޮންސްޓްރަކްޝަން ސައިޓް ތަކާއި އެކަހެރިކޮށް ތިބޭ ސައިޓް ތަކަށް ހުއްދަ ދޭން މަސައްކަތް ކުރަމުންދާ ކަމަށާއި، ދޫކުރާއިރުވެސް ދޫކުރާނެ މިންގަނޑުތަކެއް ހިމެނިގެންދާނެއެވެ. އެ ބިދޭސިންނަކީ ޤަވާއިދުތަކާއި އެއްގޮތަށް ތިބި ބަޔަކުތޯ އަދި އެއްތަނަކަށް ގޮސް މަސައްކަތް ކުރަނީ އެއް ތަނެއްގައި ދިރިއުޅޭ ބައެއްތޯ ވެސް ބަލާނެއެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދު ތަކުގައި ދިރިއުޅޭ ބައެއް ކަމަށް ވަނީނަމަ މި ހާލަތުގައި އަދި ހުއްދަ ދެވެން ނެތް ކަމަށްވެސް މަސީހު ވިދާޅުވިއެވެ.

ކައުންސިލުން ލުއިތަކެއް ދޭން ނިންމާފައިވަނީ އެއްތަނެއްގައި ދިރިއުޅޭ ބިދޭސިން ގޮސް މަސައްކަތް ކުރަނީ އެއް ސައިޓެއްގައި ކަމަށް ވާނަމައެވެ. އެހެންކަމުން މުހިއްމު ކަންކަމަށް ހުއްދަދޭން މާދަމާއިން ފެށިގެން ކައުންސިލުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ އެހެންކަމުން މީގެ ކުރިންވެސް ހުއްދަ ހޯދަން ބޭނުންކުރި ފޯމް ފުރުމަށްފަހު ކައުންސިލަށް ހުށަހަޅީމަ ކައުންސިލުން އިތުރަށް ފޯމުގައިވާ ކަންކަން ވެރިފައި ކުރުމަށްފަހު ނޫނީ ހުއްދަ ނުދޭނެ ކަމަށްވެސް ކައުންސިލްގެ ޑިރެކްޓަރ މަސީހު މިރޭގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު