Advertisement
Advertisement

ގުރުވަތުން ހޮވޭ 3 ފަރާތަކަށް ވަރަށް ޚާއްސަ އިނާމާއި އެކު ފުވައްމުލައް ސިޓީ އިން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް

މުހައްމަދު ޝަހީދު

ގުރުވަތުން ހޮވޭ 3 ފަރާތަކަށް ވަރަށް ޚާއްސަ އިނާމާއި އެކު ފުވައްމުލައް ސިޓީ އިން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. 

Advertisement

ފުވައްމުލަކުގައި ދިރިއުޅޭ އާބާދީގެ ތެރެއިން %90 މީހުންނަށް ވެކްސިން ޖެހުމުގެ މަގްސަދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 26 އޮގަސްޓް 2021 އިން ފެށިގެން 2 ސެޕްޓެމްބަރ 2021 ގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ގުރުވަތުން ހޮވޭ 3 ފަރާތަކަށް ކޮންމެ މީހަކަށް 1000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު އިތުރު 5 ފަރާތަކަށް ކޮންމެ ފަރާތަކަށް 2 މީހުންގެ ކެއުން ރޯޔަލް ރެސްޓޯރަންޓް، ކޫލް ބަނާނާ، ޒެފްލިން، ޕެބްލްސް ބައި ރޯޔަލް އަދި ކޭކް މާލަމް ކުރެ ކޮންމެވެސް އެއް ތަނަކުން ލިބިގެންދާނެއެވެ.

ފުވައްމުލައް ސިޓީގެ ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވީ މިހުރިހާ އިނާމަކީވެސް ހެޔޮއެދޭ އެކި އެކި ވިޔަފާރިވެރިންގެ ދީލަތި އެހީ ކަމަށެވެ. އަދި ޕްރޮގްރާމަށް ސިޓީ ކައުންސިލުން އެއްވެސް ޚަރަދެއް ނުހިނގާނެއެވެ. އިތުރަށް ނާސިރު ވިދާޅުވީ މިކަމުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހުމެވެ. އޭގެ ސަބަބުން ރަށް މޮނީޓަރިން އަށް ލާންޖެހި ލިބެމުންދާ ގެއްލުން ކުޑަކުރެވިގެން ދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން ވެކްސިން ފުރިހަމަ ކުރުމަކީ ކައުންސިލުގެ ވަރަށްބޮޑު އެދުމެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު