Advertisement
Advertisement

ބުރާސްފަތި ދުވަހުންފެށިގެން ބިދޭސިން ލައްވާ މަސައްކަތް ކުރުވުން މަނާ

މީހުން ދިރިއުޅޭ އެއްވެސް ގެއެއްގައި ބިދޭސިންލައްވައި މަސައްކަތް ކުރުން ހުއްޓާލުމަށް ފުވައްމުލަކު ކައުންސިލުން ނިންމައިފިއެވެ.

Advertisement

 މިހެން ނިންމަން ޖެހުނީ ބިދޭސިންނަކީ ދުވާލު އެކި ގަޑިގަޑީގައި އެކި ގޭގައި މަސައްކަތް ކުރަމުން އަންނަ ބަޔަކަށް ވެފައި އަދި މަސައްކަތް ނިމުމަށް ފަހު އަނެއްކާވެސް އެ ހުރިހާ އެންމެން ނިދުމަށް ބޭނުން ކުރަނީ އެއް ގެއެއްގައި ކަމަށްވާތީއެވެ. މިގޮތަށް މިކަން ނިންމި ކަން އަންގާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލަރ އަބްދުﷲ ނާސިރުއެވެ. ނަމަވެސް ގޭގައި މަސައްކަތް ކުރަން ގޭގައި ހުންނަ ބިދޭސީ ގޭގައި މަސައްކަތް ކުރުމުގައި ހުރަހެއް ނެތްކަމަށް ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވިއެވެ. އަދި އެމީހާ އެހެން އެއްވެސް މީހަކާއި ބައްދަލުކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ނިޖާހް ވިދާޅުވީ، އަޑުގަދަކުރާ ބޭނުންކޮށްގެން މައުުލޫމާތު ރައްޔިތުންނަށް ފޯރުކުރަމުން ގެންދާނެ ކަމަށާއި އެގޮތުން މައުލޫމާތު ފޯރުކުރާއިރު ބިދޭސިންނަށް ޚާއްސަކޮށްގެން ބަންގްލަދޭޝް ބަހުންވެސް ރިކޯޑް ކޮށްގެން ޖަހަމުން ގެންދަން މަސައްކަތް ކުރަމުން ގެންދާކަމަށް ނިޖާހު ވިދާޅުވިއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު