Advertisement
Advertisement

ކޮވިޑް19 ފުވައްމުލައް ސިޓީ: އަދިވެސް ހާލަތު ރަނގަޅެއް ނުވޭ! މިއަދު ވެސް 18 މީހުން ޕޮޒިޓިވް!

ފުވައްމުލައް ސިޓީގައި ކާފިއު ހިންގަން ފެށިތާ 14 ދުވަސް ވެގެން ދިޔަ އިރު އަދިވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވް ވަމުންނެވެ.

Advertisement

މިގޮތުން އަންގާރަ ދުވަހު ވެސް 18 މީހުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ފުވައްމުލައް ސިޓީގެ ކޮވިޑު ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުތެރޭގައި ފުވައްމުލައް ސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި 18 މީހުންނާއި އެކު މިވަގުތާއި ހަމައަށް ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ގޮތުގައި 232 ފަރާތެއް އަދިވެސް އެބަތިއްބެވެ.

ފާއިތުވި ދިޔަ 10 ދުވަހުގެ އެވްރެޖް އެކްޓިވް ކޭސްތަކަށް ބަލާއިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދު އަދިވެސް ދަށެއް ނުވެއެވެ. ކޭސްތަކުގެ އަދަދު ދަށް ނުވި ނަމަވެސް ފިޔަވަޅުތައް ވަރުގަދަކުރުމުގެ ވިސްނުމެއް ކައުންސިލުން ނުގެންގުޅޭ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކައުންސިލް މެންބަރު އަބްދުﷲ ނާސިރު ވަނީ ބުނެފައެވެ.

ފުވައްމުލައް ކޮވިޑް19 ތަފާސް ހިސާބު – 1 ޖޫން 2021

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު: 18

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު: 512

ރަނގަޅުވި މީހުންގެ އަދަދު: 281

މިވަގުތު އެކްޓިވް ކޭސް އަދަދު: 232

މިރޭގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ މިހާރަށް ވުރެ ބޮޑަށް ބައްޔާއި މެދު ސ އަމިއްލަ ރައްކާތެރިކަމަށް ބަލައިގެން އުޅުމަށް ރައްޔިތުންނަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ޒަރޫރީ ބޭނުމަކު ފިޔަވައި ގެއިން ބާރަށް ނުނިކުތުމަށާއި ބޭރަށް ދާއިރު ރަނގަޅަށް މާސްކު އަޅައި އަމިއްލަ ސަލާމަތަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑު ފެތުރުނަ ނުދިނުމަށް ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް:

· ކާފިއު ހިންގުން - ހަވީރު 4 އިން ފަތިހު 4 އަށް

· ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކުރުން

· އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

· ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން

· ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން

· ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

· ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން

· ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން

· ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން

· ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން

Advertisement
ކިޔުންތެރިންގެ ހިޔާލު