Advertisement
Advertisement

އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވެގެން 17 މީހުންނަށް ފިޔަވަޅު އަޅައިފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަން ފުވައްމުލަކު ޕޮލިސް ސްޓޭޝަން

އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވެގެން 17 މީހުންނަށް ފިޔަވަޅު އަޅައިފިއެވެ.

Advertisement

ސިޓީ ކައުންސިލްގެ ޑިރެކްޓަރ ނިޖާހް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެތެރެއިން 3 ފަރާތެއް ކަރަންޓީނު އުސޫލްތަކާއި ޚިލާފުވެގެން ފިޔަވަޅު އަޅާފައިވާކަމަށާއި އެއީ ހުއްދަ ނުހޯދާ ފުވައްމުލަކަށް ދަތުރުކޮށްގެން، 3 ފަރާތެއް މާސްކު ނާޅާ ބޭރުތެރޭގައި އުޅެގެން ޖުރުމާނާ ކުރިއިރު، 8 ފަރާތެއް ވަނީ ކާފިއުގަޑީގައި ހުއްދަނެތި ބޭރުގައި އުޅެގެން ޖުރުމާނާ ކޮށްފައެވެ.

އަދި 2 ފަރާތެއް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅެގެން ވެސް ޖުރުމާނާ ކޮށް ފިޔަވަޅު އެޅިއިރު 1 ފަރާތެއް ވަނީ އެއް ގެއިން އަނެއްގެއަށް ނުދިއުމަށް އަންގާފައިވާ އުސޫލާ ޚިލާފުވެގެން ޖުރުމާނާ ކޮށްފައެވެ.

ނިޖާހު އިތުރަށް ވިދާޅުވީ، ކައުންސިލްގެ މިންގަނޑަށާއި އެޗްޕީއޭގެ އެންގުންތަކަށް ކިޔަމަންވުމަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލް މެމްބަރ ޢައިޝަތު އަބްދުލް ޤާދިރު ވިދާޅުވީ، ހުރިހާ ރައްޔިތުން ވެގެނ ވީހާވެސް އަވަހަކަށް މިބަލިން އަހަރެމެން އާއްމު ހާލަތަށް ބަދަލުވާން މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށެވެ.

 މިހާހިސާބުންވެސް ހެދިފައި ތިބި ޤަވާއިދު ތަކަކީ ކޮންމެހެން އަޅުގަނޑުމެންނަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ހެދިފައި ހުރި ޤަވާއިދު ކަމަށް ބަލައިގެން ނުތިބެ، ވީހާވެސް ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން އަހަރެމެންނަށް ވީ މަސައްކަތެއް ކޮށްގެން އާއްމު ހާލަތަށް އައުމަށް މަސައްކަތް ކުރަންވީއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
2ގަޑިބައިއިރު
އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފު ވާ ކަމަށްބުނެ ޢައްމުން ހެސްކިޔާފަ ޖޫރިމާނާ ކުރެވޭ އެކަމަކު އެޗްޕީއޭގަ ތިބެ ފޯނު ނުނަގާ މީހުންނާ ފޯނުނަގާފަ ޖަވާބުނުދީ ޢާއްމުންގެ ކަންކަމުގައި އިޙްމާލުވާ ފަރާތްތައް ހޯދާ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެއް ނޭޅޭ އެފަދަ މީހުން ސަލާމަތް ކުރަން މިނިސްޓަރު ނިކުމެ އަވަހަށް މަޢާފަށް އެދި ކުށްކުރި ފަރާތް ފޮރުވަން އުޅޭތީ މިފެންނަނީ ކުށްކޮށްކޮށް އެމީހުން މަޤާމްގައި ދެމި ތިބުމަށް ރާއްޖޭގައި ކަމެއް އިޞްލާޙްވާން ފެށުމަށް ފެށެނީވެސް ފުރާނައެއް ގުރުބާން ވެގެން