Advertisement
Advertisement

އާދިއްތަ ދުވަހު އިތުރު 17 މީހުން ޕޮޒިޓިވް ވެއްޖެ!

މުހައްމަދު ޝަހީދު

އާދިއްތަ ދުވަހުވެސް އިތުރު 17 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

Advertisement

 މިކަން ހާމަކުރީ ފުވައްމުލަކު ސިޓީ ކައުންސިލުން ކޮންމެ ރެއަކު ކޮވިޑް އަޕްޑޭޓް ދޭން ބާއްވާ ނޫސް ކޮންފަރެންސްގައި ހޮސްޕިޓަލުގެ ފަރާތުން އައިޝަތު މަޖީދު އެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 3 ބިދޭސިންނެވެ. ޕޮޒިޓިވްވި މި ސާމްޕަލް ނެގުނު ގޮތަށް ބަލާއިރު ފުލޫ ކްލިނިކުން ނެގުނު 1 ސާމްޕަލް، ކޮންޓެކްޓް ޓްރޭސިންގ އިން ނެގުނު 14 ސާމްޕަލްއެއް އަދި ރެންޑަމްކޮށް ނެގުނު 2 ސާމްޕަލް މިވަނީ ޕޮޒިޓިވް ވެފައެވެ.

އެކްޓިވް ކޭސްތަކަށް ބަލާލާއިރު މިހާރު 215 ކޭސް ހުރި ކަމަށް ދައްކާއިރު އޭގެ ތެރެއިން 131 މީހުނަކީ ދިވެހިންނެވެ. އަދި 84 މީހުނަކީ ބިދޭސިންނެވެ. އެހެންކަމުން ނިސްބަތުން ބިދޭސިންގެ އަދަދު މިވަނީ ބޮޑުތަނުން މަތީގައެވެ. އެހެން ކަމުން ކައުންސިލުން މިހާރު ވަނީ ހޯމަދުވަހުން ފެށިގެން ބިދޭސިން ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެއް ކަމުގައި ހަމަޖައްސާފައެވެ. 

އެކްޓިވް ކޭސްތަކާއި ގުޅުން ހުރި 129 ގެއެއް މިހާރު ފާހަނގަ ކުރެވިފައިވާއިރު 370 ގެއެއް ވަނީ މޮނިޓަރިންގ ގެ ހާލަތުގައެވެ. އަދި ހޯމް ކަރަންޓީނުގައި 77 ގެއެއް ވަނީ ލިސްޓް ކޮށްފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު