Advertisement
Advertisement

އުންމީދަކީ ޕީސީއާރ މެޝިން ލިބި ޖުލައި މަހަކީ ޚިދުމަތް ލިބެން ފަށާނެ މަހަކަށް ވެގެން ދިއުން - ކައުންސިލް

މުހައްމަދު ޝަހީދު

އުންމީދަކީ ޕީސީއާރ މެޝިން ލިބި ޖުލައި މަހަކީ ޚިދުމަތް ލިބެން ފަށާނެ މަހަކަށް ވެގެން ދިއުން ކަމަށް ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

Advertisement

ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހް މިހެން ވިދާޅުވީ "ރަށި ކަބަރޮ" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

 އިތުރަށް ނިޖާހު ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ ވެސް ވިސްނުން ހުރީ މެޝިން ލިބެންވާއިރަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަށް ހޮސްޕިޓަލުންވެސް ވާން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުންވެސް އެކަން އެގޮތަށް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިސުވާލަށް އިތުރަށް ޖަވާބު ދެއްވުމަށް ހޮސްޕިޓަލްގެ ފަރާތުން ވަޑައިގެން ހުންނެވި ޚަދީޖާ އަބްދުލް މަޖީދު އަށް ފުރުސަތު ދެއްވުމުން ވިދާޅުވީ، މެޝިން ލިބެންވާއިރަށް މުވައްޒިފުން ތަމްރީނު ކުރަން ޖެހޭ ކަމަށްވާނަމަ އެކަން ހޮސްޕިޓަލުން ކުރާނެ ކަމަށެވެ. މިސާލެއްގެ ގޮތުން މީގެ ކުރިންވެސް މިހާރު ބޭނުން ކުރާ މެޝިން ވެސް ހޮސްޕިޓަލަށް ލިބުމުގެ ކުރިން ސްޓާފުން މާލެ ފޮނުވައިގެން ވަނީ ތަމްރީނު ކޮށްފައި ކަމަށެވެ. އެހެންކަމުން ޕީސީއާރު މެޝިން ލިބެންވާއިރަށް މުވައްޒިފުން ތަމްރީނު ވެގެންދާނެ ކަމަށް ޚަދީޖާ ވިދާޅުވިއެވެ.

ކައުންސިލުންނާއި ހޮސްޕިޓަލުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ބައެއް ރައްޔިތުންގެ ކަންބޮޑުވުންތަށް ވެސް ހުރިކަން ފާހަނގަ ކުރެވެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
އަހުމަދު
ލިބުނާނުންފަހޭ ނިބެނަންނޭ ލިބެނޭންނައެ މިނިސްޓަރ އޯތީ ދޮގޮފުޅު ހައްދަވާފޭ!
ީއިއްބެ
ކަލޯތިމެށިންގެންނަން އަދިމާއަވަސްކަމައްފެންނަނީ ތިހާބޮނޑުއިންވެސްޓުމެންޓެއް ބޭރުގެއެހީތެރިކަމެއްނެތިވާނެބާ؟؟